ސްރީލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސްރިލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ގެއްލުން ލިބުނު ފަރާތްތަކަށް ތަޢުޒިޔާ ވިދާޅުވެ އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، މި ޙާދިޘާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އަދި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ރައްޔިތުން، ސްރީލަންކާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.