އަންނަ ނޮވެމްބަރ 14 ވާ އާދީއްތަ ދުވަހަކީ، ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި، އެދުވަހުގެ ބަދަލުގައި، ނޮވެމްބަރ 27 ވާ ހޮނިހިރު ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ ދެންނެވުމުގައި، ރައީސުލްޖުމްހޫރިއްޔާ މިކަން މިގޮތަށް މި ހަމަޖެއްސެވީ، ނޮވެމްބަރ މަހުގެ 14 ވާ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވޭ ގޮތަށް އޮވެއްޖެނަމަ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއް ނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވުމަށްޓަކައި ކަމަށް ވިދާޅުވެފައިވެއެވެ.