ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން އުފައްދަވަންޖެހޭ ލޯކަލް ކައުންސިލްތައް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، 19 އަތޮޅު ކައުންސިލާއި، 189 ރަށު ކައުންސިލާއި، ދެ ސިޓީ ކައުންސިލެވެ. މި ދެ ސިޓީ ކައުންސިލަކީ، މާލޭ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލެވެ. މިއުފެއްދެވި ހުރިހާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް، މިދެންނެވުމުގައި ވަނީ ހިމަނުއްވާފައެވެ.