ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާގެ ޕެސިފިލް ފްލީޓްގެ ކޮމާންޑަރ އެޑްމިރަލް ޕެޓްރިކް އެމް. ވޯލްޝްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ކަންކަމުގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށެވެ.