"ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅި މާފުނަ މުޙަންމަދު އިސްމާޢީލްފުޅެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ރިވެލި ޑޮކްޓަރ އަޙްމަދު އަޝްރަފާއި، މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ހަޒާރުމާގޭ ޢަލީ ނަޖީބާއި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ހޭޅި ޚަދީޖާ ޢަބްދުލްޣަފޫރާއި، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮސް މިއަލަނިގޭ މުޙަންމަދު ޢަބްދުﷲއާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ވާދީ ޢަލީ ޝަމީމް މުޙަންމަދާއި، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ބަވަތި އަޙްމަދު ނާޝިދެވެ.