2011 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްލަވާލައްވާނެއެވެ. އަދި މިއަންނަ އަހަރަށް ޕްރޮގްރާމް ބަޖެޓެއް އެކުލަވައިލެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާނެއެވެ.

މާދަމާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ތަފްޞީލުވެސް ހާމަކުރައްވާނެއެވެ. އަދި ގުޅީފަޅުގެ މަޝްރޫޢުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.