ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނެދަރލޭންޑްސް ސަފީރު މިސިޒް ލޮއޯނީ މާރގަރީތާ ކޫލަނޫރައާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާވެފައި އޮތީ ނެދަރލޭންޑްސްގެ އަމިއްލަ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.