ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް، މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޝަފީޤް މަޙްމޫދު އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.