ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައިޖެހޭ މައްސަލަތައް، ދެފަރާތުންވެސް ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ޙައްލު ކުރުމުގެ މުހިންމު މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ވަޒީފާ އަދާކުރާ މީހާގެ ޙައްޤުތަކާއި، މުދާ ހޯދުމާއި، މުދާ އެއްކުރުމާއި، މުދަލުގެ މުޢާމަލާތް ހިންގުމާއި، މުދަލުގެ ޙުރްމަތް، މުދަލުގެ ވެރިފަރާތަށް ހިފަހައްޓައިދިނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ ރޭޑިޔޯ ޚިޠާބު، މި ރަމަޟާންމަހުވެސް ފޮނުވަމުން ގެންދަނީ ހެނދުނު 10 ޖަހާއިރުއެވެ.