ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް އަދި ޚާއްސަ ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒަކާތު ސްކޮލަޝިޕް އަދި ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. މިއަހަރު ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބުނު 24 ފަރާތުގެ ތެރޭގައި ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި ޓިއުޝަން ފީ ލިބުނު 1 ފަރާތެއް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޒަކާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕް ރެޒެންޓޭޝަނެއްވެސް ދައްކާފައިވެއެވެ.