ޤާނޫނަށް ތަބާވުމާއި، ޤާނޫނުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުގެ ކަމުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި މާދަމައަކީ، ރަމަޟާން މަހުގެ 17 ވަނަ ދުވަހަކީ ބަދުރު ހަނގުރާމަ ހިނގި ދުވަސް ކަމަށްވުމާއެކު، އެޙާދިޘާގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ ރޭޑިޔޯ ޚިޠާބު، މި ރަމަޟާންމަހުވެސް ފޮނުވަމުން ގެންދަނީ ހެނދުނު 10 ޖަހާއިރުއެވެ.