އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމްރޫނަށް ދަރިކަނބަލަކު ލިބިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި މި އުފާވެރި މުނާސަބަތުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީގެ ނަންފުޅުގައި ބޮޑުވަޒީރު ކެމްރޫނަށާއި އަނބިކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައިވެއެވެ.