"މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވައިފިއެވެ.

މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެފަދަޔަކުން، ދިވެހިރާއްޖޭގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ އުޞޫލުން ކުރިއަށް ގެންދެވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.