ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ރާއްޖޭގެ ރަށްރަށް ފަޅުވަމުން އައި ގޮތާއި، ރަށްރަށް އާބާދުވަމުން އައި ގޮތާއި، ރަށްރަށަށް ނަން ދެވިފައިވާ ގޮތާއި، އެކަމުގެ ތާރީޚުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ. މީގެއިތުރުން، ސަރުކާރުން މިގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ރަށްރަށް ކަނޑައެޅުއްވުމުން، ރައްޔިތުންނަށް ލިބޭނެ ކަމަށް ފެނިވަޑައިގަންނަވާ ފައިދާތައްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ ރޭޑިޔޯ ޚިޠާބު، މި ރަމަޟާންމަހުވެސް ފޮނުއްވަނީ ހެނދުނު 10 ޖަހާއިރުއެވެ.