ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން އުފައްދާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، އެޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ "ލޯކަލް ގަވަރމަންޓް އޮތޯރިޓީ"، ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ. އަދި، އެޤާނޫނުގެ 62 ވަނަ މާއްދާގެ (ހ)ގައިވާގޮތުގެ މަތިން އެ އޮތޯރިޓީއާ މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.