ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ.

ސްޕެޝަލް އެންވޯއި އިންޑިޔާއަށް މިކުރައްވާ ދަތުރުފުޅަކީ، އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝިވް ޝަންކަރ މެނަންއާއި ފޮރިން ސެކްރެޓަރީ ނިރުޕަމާ ރާއޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އިޤްތިޞާދީގޮތުން ގުޅުން ބަދަހި ކުރެއްވުމާއި، ރާއްޖެއަށް ފަސޭހައިން އިންޑިޔާއިން ކާބޯތަކެތި އެތެރެކުރެވޭނެ ގޮތެއް ހަމަޖެއްސެވުމާއި، އަދި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމުގައި އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން އިންޑިޔާ ސަރުކާރުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތުވެސް އެބޭފުޅުންނަށް އެމަނިކުފާނު އަރުވާނެއެވެ.