އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރު ފަރިއްކޮޅެއް ދެއްވައިފިއެވެ. ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާގައި ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ބައެއް ފަންނާނުންވެސް ބައިވެރިވިއެވެ.