މި އޮފީހުގެ މިދަންނަވާ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
 މަގާމުގެ ނަން:
ޑެޕިއުޓީ ޑިރެކްޓަރ
ރޭންކް:
އެމް.އެސް 4
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ނޭޝަނަލް ސަރވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
7,875.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00 ރުފިޔާ
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
މަގާމުގެ ޝަރުޠު:
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަގާމުގެ މައިގަނޑު
މަސްއޫލިއްޔަތުތައް:
- ނޭޝަނަލް ސަރވިސް ޕުރޮގުރާމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްރެޓޭރިއެޓް ހިންގަވާ އިސްބޭފުޅެއްގެ މަޝްވަރާގެ މަތިން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުން.
- ޕުރޮގުރާމް ހިންގުމަށްޓަކައި އެންމެ އިސްކަން ދޭންޖެހޭ ކަންތައްތައް ކަމާބެހޭ މުއައްސަސާތަކުގެ މަޝްވަރާއާއެކު އެކުލަވައިލުން.
-  ޕުރޮގުރާމް ފަރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުން.
- ޕުރޮގުރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓުތައް ހެދުން.
- ޕުރޮގުރާމާ ގުޅޭގޮތުން މި އޮފީހުގައި ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުން.
- މީގެ އިތުރުން، ޚާއްޞަ ގޮތެއްގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓު ފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.
ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
މި މަގާމަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 މާރިޗު 19 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/އެވެ.
     13 މާރިޗު 2025