މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
މަގާމުގެ ނަން: |
ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް |
ރޭންކް: |
އެސް.އެސް 1 |
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
އަސާސީ މުސާރަ: |
3,100.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
ޚާއްޞަ އެލަވަންސް: |
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
އޮގްޒިލަރީ ސަރވިސް އެލަވަންސް: |
700.00 ރުފިޔާ |
މަގާމުގެ ޝަރުޠު: |
- ލިޔަން ކިޔަން ދަތުން. - ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން. - 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ހައުސްކީޕިންގ އާއި މެއިންޓެނަންސްގެ މަސައްކަތްތައް. (މައިގަނޑު މަސައްކަތްތައް: ކުލައާއި ދަވާދުލުން، ފުރާޅު ސާފުކުރުން، އޮފީހުގެ ގަސްތަކަށް ފެންޖަހާ ބެލެހެއްޓުން، ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުން) |
ހުށަހަޅަންޖެހޭ ތަކެތި: |
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު". ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓު ފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ. ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ. ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ. |
މި ވަޒީފާއަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 މާރިޗު 2 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ވަޒީފާއަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
24 ފެބުރުވަރީ 2025