ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާގުޅިގެން، ބަންގްލަދޭޝްގެ ރައީސް ޒިއްލޫރް ރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ މިހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސް ޒިއްލޫރް ރަޙްމާނަށާއި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.