އަފްޣާނިސްތާނުގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުން ދަތުރުކުރި އެންމެން ގެއްލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރްޒާއީއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޙާމިދު ކަރްޒާއީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހިސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ޙާމިދު ކަރްޒާއީއަށާއި، އަފްޣާނިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.