އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު، ޑރ އެމް.ސީ. ސުދާކަރް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަޢުލީމީ ދާއިރާގައި އެއްބާރުލުންދިނުމަށާއި، ރާއްޖޭގައި ޒުވާނުންގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން އިންޑިއާގައި، ޚާއްޞަކޮށް ބެންގަލޫރުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާގައި ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފަހި ފުރުޞަތުތަކެއް ހުޅުވާލުމާ ބެހޭގޮތުންވެސް މިނިސްޓަރ ސުދާކަރް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ސުދާކަރް ވަނީ ބެންގަލޫރުގެ ވައިގެބަނދަރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އަލްވަދާޢު ވިދާޅުވެފައެވެ.