"މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ޤަރާރަކުން (ޤަރާރު ނަންބަރު: 2024/16) އުވައިލައްވައިފިއެވެ.

"މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަން" އުފައްދަވާފައި ވަނީ 2018 ނޮވެންބަރު 17ގައެވެ. އެ ކޮމިޝަން އުވައިލެއްވީ އެކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެކޮމިޝަނުން ނިންމަވާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުގައި ބަޔާންކުރައްވާފައި ވެއެވެ.