ސުވާލު:
ރައީސް އާއި ކޮށްލަން ބޭނުންވާ ސުވާލަކީ މިވަގުތު އިންޝުއަރެންސް އާއި ބެހޭގޮތުން. މީގައި މެއިންލީ ކޮށްލަން ބޭނުންވާ ސުވާލަކީ އިންޑިވިޖުއަލް ބޭފުޅުންނަށް ނަގާއިރު އެބަދޭ ގާތްގަނޑަކަށް 11000 ނުވަތަ 12000 ރުފިޔާ މީހަކަށް. ދާއިރު އަޅުގަނޑުމެން އިންޝުއަރެންސް ނަގައިގެން ޑޮކްޓަރަށް ދައްކާއިރު މިޖެހެނީ އަމިއްލައަށް ޕޭކޮށްފައި ބިލްތައް ހުށަހަޅަން. ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި މި އެނގެނީ އެ އިންޝުއަރެންސް އިން އަޅުގަނޑުމެންނަށް ޕޭކުރާނެތޯ ނުކުރާނެތޯ. އަސްލު އެކަމަށް ހައްލެއް ނޫނީ އަޅުގަނޑުމެންނަށް ޑައިރެކްޓުކޮށް އިންޝުއަރެންސް ކަވަރކުރާނެ ގޮތެއް ނެތްތޯ އިންޑިވިޖުއަލްސް އިންނަށް؟ އެއީ އަޅުގަނޑުގެ ސުވާލަކީ.


ޖަވާބު:
އާދެ! ޙުސައިން ތަވްފީޤަށް ޝުކުރު ދަންނަވަން. އާދެ! އިންޝުއަރެންސްގެ ނިޒާމަކީ ވަކި ގޮތަކަށް ވަކި އުސޫލުތަކެއް، ކަނޑައެޅިފައި އޮންނަ ކަމެއް ވީމާ ތިޔަ ވިދާޅުވި ކަންތަކުގައި އަޅުގަނޑު މަޝްވަރާކުރާނަން އިނގޭތޯ. ކަމާއި ބެހޭ އިދާރާތަކުގައި ދަންނަވާނަން، މިހާރަށް ވުރެ ރަނގަޅު ގޮތަކަށް ޚާއްސަކޮށް އާންމު ފަރުދުން އިންޝުއަރެންސް ނިޒާމުގެ ތެރޭގައި ބައިވެރިވެގެން ކުރިއަށް ދާއިރު ތިޔަ ވިދާޅުވި ގޮތަށް އޮތުމަށް ވުރެ ރަނގަޅު ގޮތަކަށް އެކަން ހަމަޖެއްސޭނެ ގޮތަކަށް އެކަން ވޭތޯ. ކަމާއި ބެހޭ އިދާރާތަކުގައި ދަންނަވާނަން އެކަން ބަލައިދީ ރަނގަޅު ގޮތެއް ހަދައިދިނުމަށް.