ސުވާލު:

ވަރަށް ގިނަ ވަޢުދުތައް ވެގެން ރައްޔިތުން މިތިބީ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އަރުވާފައި. އެހެންވީމާ މިހާތަނަށް މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަޢުދުގެ ކިތައް ޕަސެންޓު ފުއްދިއްޖެތޯ؟ އަޅުގަނޑުމެން ރައްޔިތުން މިތިބީ އިރާދަކުރެއްވިއްޔާ ވަގުތުދީގެންނޭ، ވަޢުދު ފުއްދުމަށްޓަކާ. މިހާރު ކޮށްލަން ބޭނުންވާ ސުވާލަކީ ވަޢުދުގެ ކިތައް ޕަސެންޓު ފުއްދިއްޖެތޯ؟ އެއީ ސުވާލަކީ. ޝުކުރިއްޔާ.


ޖަވާބު:

އާދެ! ވަރަށް ރަނގަޅު ސުވާލެއް އިނގޭތޯ. އަޅުގަނޑު ވަޢުދުތައް ވީ އިރާދަކުރެއްވިއްޔާ ހުރިހާ ވަޢުދެއްވެސް ފުއްދަން. އިރާދަކުރެއްވިއްޔާ އެގޮތަށް މަސައްކަތްތައް ވެސް މިކުރަނީ. ފުރަތަމަ ސާދަ ހަފްތާއަށް ކަނޑައެޅި 161 ވަޢުދެއް، މި ވަޢުދުތަކުގެ ތެރެއިން ފުއްދުމަށްޓަކާ. އޭގެ ތެރެއިން ހުރިހާ ވަޢުދެއްހެން މިހާރު ވަނީ އެ ކަނޑައެޅި ޓާރގެޓާއި ހަމައަށް ފުއްދިފައި. ދެތިން ކަމެއް ހަމަ ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައިވަނީ 161 ވަޢުދުގެ ތެރެއިން 155 ވަޢުދަށް ވުރެ ގިނަ ވަޢުދު ވަނީ ހަމައެއްކޮށް އެ ކަނޑައެޅި މިންވަރަށް ހާސިލްކުރެވިފައި. އަދި ކުރިއަށް އޮތް ތަނުގައި ބައިވަރު ކަންތައްތައް އެހެރީ ކުރަން. އެއީ ސާދަ ހަފްތާއަށް ކަނޑައެޅި ކަންތައްތައް. މިހާރު ކުރިއަށް އޮތް އަހަރަށް އަދި ކުރިއަށް އޮތް އަހަރުތަކަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބައިވަރު މަސައްކަތްތައް އެބަ ހިނގާ. އަޅުގަނޑު ރަށްރަށަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށްގެން ރައްޔިތުން ވިދާޅުވާ ކަންކަމަށް ވެސް ކުރަންޖެހޭ މަސައްކަތްތައް އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރު ސްޕީޑުގައި ވަނީ ފެށިފައި. އެހެންވީމާ ހުރިހާ ވައުދުތަކެއް ވެސް ފުއްދިގެންދާނެ. މި ސާދަ ހަފްތާއަށް ކަނޑައެޅި ހުރިހާ ވަޢުދެއް ހެން އެވަނީ އިރާދަކުރެއްވިއްޔާ ފުއްދި ހާސިލްކުރެވިފައި. ވަރަށް ބޮޑަށް ޝުކުރިއްޔާ!