ސުވާލު:
އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ރައްޔިތުންނަށް ކާބޯތަކެތި ވީހާވެސް އަގުހެޔޮކޮށް ލިބޭނެގޮތެއް، ޚާއްސަކޮށް މި ބަރަކާތްތެރި ރަމަޟާންމަހު ހައްދަވައިދެއްވާށޭ.


ޖަވާބު:
އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ ސުވާލަށް އިނގޭތޯ؟ ކާބޯތަކެތީގެ އަގުހެޔޮކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. ބަރަކާތްތެރި ރަމަޟާންމަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި، އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށްޓަކައި. އަދި ކުރިއަށް އޮތް މުސްތަޤްބަލްގައި، މެދު ރާސްތާ އަދި ދުރު ރާސްތާއަށް އަޅުގަނޑުމެންގެ ޕްލޭންއަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކުގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭގޮތް ޤާއިމްކޮށް، ފުޑް ސެކިއުރިޓީ ޔަޤީންކުރަން. އޭރުން ކާބޯތަކެތީގެ އަގުވެސް ދަށްވެގެންދާނެ. އަދި ކުއަންޓިޓީވެސް ޔަޤީންވެގެންދާނެ. ފުޑް ސެކިއުރިޓީ ޔަޤީންވެގެންދާނެ. ޝުކުރިއްޔާ.