ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ އަތޮޅު ގުރައިދުއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގެންފިއެވެ. މާލެ އަތޮޅު ގުރައިދޫ އަދި މާފުށްޓަކީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަށް ފަހުން އިތުރުކުރެއްވި ދެރަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކ. ގުރައިދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.