ޓެންޒެނިޔާގެ 2ވަނަ ރައީސް އަލީ ހަސަން މުވައިންޔީ އަވަހާރަވުމާއި ގުޅިގެން އެ ޤައުމުގެ ރައީސް ސަމިއާ ސުލުހް ހަސަންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޓެންޒެނިޔާގެ 2ވަނަ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާ އެކުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޓެންޒޭނިއާގެ ރައީސް މުވައިންޔީއަކީ އެޤައުމުގެ ތާރީޚުގައި ނަންފެވިފައިވާ އަދި އެމަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި އެޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރައީސް މުވައިންޔީގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވަމުންނެވެ.