ސުވާލު:
އައްސަލާމް ޢަލައިކުމް. މަނިކުފާނު އަޅުގަނޑުމެންގެ ރަށަށް މިހާރު ދެފަހަރަކަށް ވަޑައިގަންނަވައިފިން ދެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެންގެ ރަށަކީ ވަރަށް ދުރުގައި އެކަހެރިކޮށް އޮންނަ ރަށެއް. އަޅުގަނޑުމެންނަށް ދަތުރުފަތުރު ކުރަން ވަރަށް އުނދަގޫވޭ. އެހެންވީމާ މިހާރު އަޅުގަނޑުމެންނަށް ފައްޓަވައި ދެއްވާފައިވާ އެއާޕޯޓުގެ ޚިދުމަތް ނިމި، އެތަނުން އަޅުގަނޑުމެންނަށް ދަތުރުކުރަން ފެށޭނީ ކޮންދުވަހެއްގައިތޯ އަޅުގަނޑު ބަލާލަން ބޭނުންވަނީ؟

ޖަވާބު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އާދެ! ތިޔަ ވިދާޅުވިހެން، މަކުނުދޫ އަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް. އެހެން ރަށްތަކާއި ޚިލާފަށް ދަތުރުފަތުރު ވެސް ދަތި ރަށެއް. އެހެންވީމާ މިހާރު ފެށިފައި މިއޮތް އެއާޕޯޓްގެ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭ މަސައްކަތެއް. ރައްޔިތުން އެދިލައްވާ ގޮތަށް ބައްޓަންކޮށްގެން އަޅުގަނޑުމެން ގެންދާނީ. ދެން މިހާރު އަޅުގަނޑު މިއަދު މިދެންނެވިހެން 1500 މީޓަރަށް ހަދަން އޮތް ރަންވޭވެސް އަޅުގަނޑުމެން ދިގު ކޮށްދޭނަމޭ 1800 އަށް. އޭރުން އިތުރު ކުރިއެރުންވެސް ލިބިގެންދާނެ. ދެން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން މިބަލަނީ އެއާޕޯޓް ހުޅުވޭތޯ،އިނގޭތޯ. އެހެންވީމާ މިއަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ.