ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މިގޮތުން އެމަނިކުފާނުވަނީ، ޖަޕާނުގެ ސްޓޭޓް ސެކްރެޓަރީ ފޯރ ފޮރިން އެފެއާޒާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި، ޖަޕާން-މޯލްޑިވްސް ޕާލަމެންޓްރީ ލީގުގެ ސެކްރެޓަރީ ޖެނެރަލާއި، ޖަޕާނުގެ ސީނިއަރ ވައިސް މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީއާއި، ޖަޕާނުގެ ޑިމޮކްރަޓިކް ޕާޓީއާއި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ އިސްބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މިދަތުރުފުޅަކީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުންނާއި، ޖަޕާނާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.