ސުވާލު:
އައްސަލާމު ޢަލައިކުމް. އަޅުގަނޑު މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ކޮށްލަން ބޭނުންވާ ސުވާލަކީ، ރައީސްގެ ހައުސިންގ މިނިސްޓަރ ކަމުގައި އަޅުގަނޑުމެންނަށް ދިން ފްލެޓް. ހިޔާ ސަރަޙައްދުން ދިން ފްލެޓްތަކަށް ލިޔުންދީފައި ހައުސިންގ މިނިސްޓްރީއިން ތައްގަނޑު ޖަހާފައި ހުރި ފްލެޓްތަކަށް، ރައީސްގެ ރިޔާސީ ވަޢުދެކޭ އެއީ އެންމެ ފުރަތަމަ ދޭ ފްލެޓްތަކުގެ ތެރެއިން ގޮތެއް ހޯދައިދިނުން. އެހެންވީމާ އެނިކަމެތި ރައްޔިތުންނަށް، މިއަދާ ހަމަޔަށް ކުއްޔަށް ދިރިއުޅުއްވާ ރައްޔިތުންނަށް، ރައީސް މިކަމުގައި ކޮންއިރަކުތޯއޭ އަޅުގަނޑުމެންނަށް ގޮތެއް ހޯދައިދެއްވާނީ؟ މިކަމަށް އަވަސް ޖަވާބެއްދެއްވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމޭ.


ޖަވާބު:
އާދެ! މުޙައްމަދު ޝުހައިލްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތިޔަ ކުރެއްވި ސުވާލަށް. އާދެ، އަޅުގަނޑު ވަޢުދުވީ ގޮތަށް ހަމަ އެކަން ފުއްދައިދޭނަން. މިސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ކުރީގައި ފްލެޓް ލިބޭނެކަމަށް ގެޒެޓްގައި ނަން ހިމެނިފައި، އެހެންނަމަވެސް ފްލެޓް ނުލިބޭނެކަމަށް ފަހުން ކަނޑައެޅުނު ހުރިހާ އެންމެނަށް އިރާދަކުރެއްވިއްޔާ ފްލެޓް ހަމަޖައްސައިދޭނަން. އެކަމުގައި ހަމަ ޔަޤީންކަންދެން. އިރާދަކުރެއްވިއްޔާ އެކަން އެންމެ އަވަހަށް ފެށޭ ސޯޝަލް ހައުސިންގ މަޝްރޫޢެއްގެ ތެރެއިން ހަމަޖެހިގެންދާނެ