ޤާނޫނު ނަންބަރު 2010/2 (މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ "ކްލެމެންސީ ބޯޑު" އެކުލަވާލައްވައިފިއެވެ. އެބޯޑުގެ ރައީސަކީ އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ:

- އިޖްތިމާޢީ ދާއިރާގެ ފަރާތުން މަރިޔަމް ސުޒީ އާދަމް މ. އެމޭޒަން
- ޤާނޫނީ ދާއިރާގެ ފަރާތުން ނާޒިލް ޢަފީފް ގދ. ފިޔޯރީ ހެވަންލީ ހެވަން.
- ތަޢްލީމީ ދާއިރާގެ ފަރާތުން ޝިފާ މުޙަންމަދު ހ. ޖަނަވަރީމާގެ
- ޞިއްޙީ ދާއިރާގެ ފަރާތުން ޑޮކްޓަރ އަޙްމަދު ރާޒީ މއ. ސަތަރުގެ
- ދީނީ ޢިލްމުގެ ދާއިރާއިން އައްޝައިޚް މުޙަންމަދު ފާރޫޤު ގ. ދަތުގެ
- މަދަނީ ޖަމްޢިއްޔާއެއްގެ ފަރާތުން މައިޒާން ޢަލި މަނިކު ހ. އިސްދޫ
- ޕެރޯލް ބޯޑުގެ ފަރާތުން އަޙްމަދު ޢާދިލް މ. އުނިމާ
- ފުލުހުންގެ ދާއިރާގެ ފަރާތުން އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މުޙަންމަދު ޞާދިޤު
- ޝަރްޢީ ދާއިރާގެ ފަރާތުން އަލްއުސްތާޛު ޙުސައިން ޝަމީމް ހ. ޝޭޑީކޯނަރ
- ރައްޔިތުންގެ މަޖިލީހުން، އެމަޖިލީހުގެ މެންބަރުން ޢައްޔަން ކުރެއްވި މެންބަރު
އަޙްމަދު މަޙްލޫފް ގ. ހާފްސީ