ލިތުއޭނިޔާގެ 'ޑޭ އޮފް ރެސްޓޯރޭޝަން' ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ލިތުއޭނިޔާގެ ރައީސް ގިތާނަސް ނޯސެއަޑާއާއި އެޤައުމުގެ ބޮޑުވަޒީރު އިންގްރިޑާ ސިމޮނީޓޭއަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވައި، އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.