ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރބިއާގެ 23 ވަނަ ޤައުމީދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ސަރބިއާގެ ރައީސް އެލެކްސަންޑަރ ވުޗިޗްއާއި އެޤައުމުގެ ބޮޑުވަޒީރު އާނާ ބަރްނަބިޗްއަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެމަނިކުފާނުގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވައި، ކުރިއަށްއޮތް އަހަރުތަކުގެ އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.