ސުވާލު:
އަޅުގަނޑު ކުރަން ބޭނުންވާ ސުވާލަކީ، ރިޔާސީ ކެންޕޭނުގައި އުނގޫފާރުގައި ވަޢުދުވެފައި އެބައޮތޭ ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދޭނަމޭ. އެކަމަކު ކުރީގައިވެސް ހިއްކަން ހަމަޖެހިފައިއޮތް ވަރަށް ހިއްކަން ހަމަޖެހިފައި އޮތީ މިހާރުވެސް. އެހެންވީމާ އެކަމާއި އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ.

ޖަވާބު:
އާދެ! އަޙުމަދު ޝިޔާމްއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އުނގޫފާރު ރައްޔިތުންނަށް އަދި ޝިޔާމްއަށް ވެސް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ވީ ވަޢުދެއްވިއްޔާ ހަމަ ވަޢުދުވީ ގޮތަށް އެކަން ކޮށްދޭނަން. އަޅުގަނޑު ވަޢުދުވިން ހަމަ ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެކަމަށް. މިހާރު ސްކޯޕްގައި އޮތްވަރަށް އަދި އިތުރު 3 ހެކްޓަރު އިތުރުކޮށްގެން ހިއްކީމާ، ދެންމެ ތިޔަބޭފުޅުން އަދި ޝިޔާމް ފާހަގަ ކުރެއްވި ގޮތަށް، އަދި ރަށު ރައްޔިތުން ކަންބޮޑުވާ މައްސަލައިގައި، 3 ހެކްޓަރު އިތުރުވީމާ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑަކަށް އެބަ ހިއްކޭ.
އެހެންވީމާ އަޅުގަނޑުމެން ވަޢުދުވީ ގޮތަށް އެކަން ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ ފަޅުތެރެއިން ހިއްކެންއޮތް އެންމެ ބޮޑަކަށް، އިތުރު 3 ހެކްޓަރު އިތުރުކޮށްގެން އިރާދަކުރެއްވިއްޔާ ހިއްކައި ނިންމައިދޭނަން.