ސުވާލު:
އަޅުގަނޑުމެންގެ ސުވާލަކީ އަޅުގަނޑުމެން ގްރޭޑް 10 ނިންމުމަށްފަހު ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާސިލްވުމުގެ ފުރުޞަތު ދެއްވުމަށް މަނިކުފާނުގެ ވިސްނުންފުޅަކީ ކޮބައިތޯއޭ؟


ޖަވާބު:
ވަރަށް ބޮޑަށް ޝުކުރިއްޔާ ވަސީލާ. ވަރަށް ރަނގަޅު ސުވާލެއް ތިޔަކުރީ. ޙަޤީޤަތުގައި ވަރަށް މުހިންމުކަމެއް ރަށުގައި ތިބެގެން ކިޔެވޭ ގޮތްވުން އެއީ. ގްރޭޑް 12 އާއި ހަމައަށް ވެސް. ދެން މި ރަށުގައި އެ ފުރުޞަތެއް ނެތް މިވަގުތު. ދެން މިހާރު ތަރައްޤީގެ މަޝްރޫޢަކުން ވޭމަންޑޫ އާއި މިރަށާއި ކޯޒްވޭ އަކުން ގުޅާލެވުނީމާ އެއްކަމަކަށް އޭރުން އެއްގަމުން ދެވޭ ގޮތްވާނެ އެރަށަށް. އޭރުން އެއްފަސްވީ. އެއްފަސްވީމާ ލިބޭ ފައިދާތައް ހުންނާނެ. ތަޢުލީމު ޙާސިލްކުރުމުގައި ވެސް. އެހެންވީމާ އެއީ އެއްގޮތް އަޅުގަނޑު ތިޔަކަން ހައްލުކުރަން ވިސްނާ. ދެން ހަމަ އެހެން ގޮތްގޮތް ވެސް ވިސްނާނަން. ދެން ޕޮއިންޓަކީ ތިޔަ ބޭނުންވާ ކަންތައް އިރާދަކުރެއްވިއްޔާ ޙާސިލްކޮށްދޭނަމޭ ވީހާވެސް އަވަހަކަށް. ރަނގަޅު ދެއްތޯ.
ވަސީލާ: އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ރަށުގައި ޔުނިވަރސިޓީއެއް ފަދަ ތަނެއް ވެސް ޤާއިމްކޮށް ދެއްވުމަކީ. އެއީ ވޭމަންޑޫއާއި ކޯޒްވޭ އަކުން ގުޅާލެވުމުން އަޅުގަނޑުމެންނަށް ވޭމަންޑޫގައި ވެސް 11، 12 ކިޔެވުމުގެ ފުރުޞަތު ފަހިވެގެން ދާނެތީ.

ރައީސް: އާދެ! ކޯޒްވޭ އަކުން ގުޅުނީމާ، އެއްފަސްވީމާ، ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމްކުރުން ވިޔަސް، ނޫނީ އެކަހަލަ ޔުނިވަރސިޓީ ތަޢުލީމުގެ ފުރުޞަތުތައް ހަމަ އެއްފަސްވެގެން އާބާދީ ބޮޑުވީމަ. އޭރުން އެހެން ރަށްރަށު މީހުން ވެސް އަންނާނެ. އެހެންވީމާ އެކަހަލަ ގޮތަކަށް އެކަން ކުރީމާ ރަނގަޅުވާނެ ކަންނޭނގެ. އެހެންވީމާ ވަރަށް ސަމާލުކަންދޭނަން ތިޔަ ކަމަށް.
ވަސީލާ: ޝުކުރިއްޔާ
ރައީސް: ޝުކުރިއްޔާ