ސުވާލު:

އަޅުގަނޑު ރައީސް އާއި ކޮށްލަން ބޭނުންވާ ސުވާލަކީ މިހާރު އަޅުގަނޑުމެން މި ޤައުމުގައި އުޅޭ ބައެއް ދިވެހީން އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ އިންޑިޔާ ސިފައިން ޔުނީފޯމް ބާލާފައި ކުލަ ހެދުމުގައި ރާއްޖެއަށް އަންނަ ވާހަކަ. މި ޙަޤީގަތް އަޅުގަނޑުމެން ހޯދަން ބޭނުން މިވަނީ އަޅުގަނޑުމެންނާ ދިމާއަށް ސީދާ މި ގޮތަށް ބުނާތީ. އެހެންވީމާ މިކަމުގެ ހަޤީގަތް އަޅުގަނޑުމެން އެބަ ބޭނުންވޭ ރައްޔިތުންނަށް އެނގެން.


ޖަވާބު:

އާދެ! އަހުމަދު ޝަރީފު ކުރެއްވި ސުވާލަކީ ވަރަށް ވެސް މުހިންމު ސުވާލެއް. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހަމަ އެންމެ ބޮޑަށް އޮޅުންފިލުވަން ބޭނުންވާނެ މައްސަލައަކީ ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ކަންތަކުގައި ކުރިއަށް ދަނީ ކިހިނެއް ތޯ ބަލަން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއެއް ގޮތުގައި ދެކޭ ކަމަކީ ރާއްޖޭގަ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުން. އެހެންވީމާ މިހާރު ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އަޅުގަނޑު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު ރަސްމީކޮށް ފަށައިފިން. އެމަސައްކަތް ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ މަތިން މަޝްވަރާތައް ދަނީ ވަރަށް ބާރަށް ކުރިއަށް. މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މިފެށޭ މާރޗް މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ދާއިރު އިރާދަކުރެއްވިއްޔާ އެއް ޕްލެޓްފޯމް ގެ ސިފައިން ގެންދާނެ. ދެން މޭ މަހުގެ 10 ގެ ކުރިން ދެން ހުރި ޕްލެޓްފޯމްތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނެ. މިހިސާބަށް މި ގެންދެވެނީ އިރާދަކުރެއްވިއްޔާ ޑިޕްލޮމެސީގެ ރިވެރި އުސޫލްތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. މީ ހަގީގަތުގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ.
އޭގެ އިތުރުން ދެން ކުރެވޭކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ޤާބިލިއްޔަތުކަން އިތުރުކުރަން ކުރެވޭ މަސައްކަތް. އަޅުގަނޑުމެންގެ އަމިއްލަ ޤާބިލުކަން މެޑިކަލް އިވެކުއޭޝަންއަށް އެމެޖެންސީކޮށް ބަލިމީހުން އުފުލުމަށްޓަކައި މިދަނީ ޤާއިމްކުރަމުން. އެއަރ އެމްބިއުލަންސްގެ ޚިދުމަތް އިރާދަކުރެއްވިއްޔާ މާރޗް މަހުގެ އެއްވަނަ ދުވަހު ފަށާނަން. ހަމައެއާ އެކީގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަކީ ވަރަށް ބޮޑު ސަރަޙައްދެއް. އެ ބޮޑު ސަރަޙައްދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލަ އަށް ބެލެހެއްޓުމަށްޓަކައި ޤާބިލްކަން ޤާއިމްކުރުމުގެ ހުރިހައި މަސައްކަތެއް އެދަނީ ބާރު ސްޕީޑްގައި ކުރިއަށް. ހަމައެއާ އެކީގައިވެސް ދެން އަޅުގަނޑުމެން ކުރަންޖެހޭ ސަރވައިލެންސް ހުރިހާ މަސައްކަތަކާއި ގުޅޭ ހުރިހާ މަސައްކަތެއް ވެސް އެދަނީ ބާރު މިނުގައި ކުރިއަށް. އެހެންވީމާ ޤާބިލްކަން ޤާއިމްކުރުމުގެ މަސައްކަތް އެއާއި އެކީގައި މި ކުރިއަށް ދަނީ. އެހެންވީމަ ރޭވުންތެރިކަމާއި އެކީގައި އަޅުގަނޑުމެން މަޝްވަރާގެ އުސޫލުން އަޅުގަނޑުމެން ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު ދެނީ މި ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން. ޝުކުރިއްޔާ!