ސުވާލު:

މިހާރު އެއްކަމަކީ މިހިރީނޫންތޯ ތަންކޮޅެއް މިތާ ކުދިން މޫދަށްއެރޭ، މިތަންކޮޅަކީ އަސްލު މިހިސާބުގައި ގްރޭޓަރ މާލެ އޭރިއާގައި ހަމައެކަނި ލާރިއެއްނުދީ ކުދިންނަށް މޫދަށް އެރެވޭ ތަންކޮޅަކީ. އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް އެއީ އެތަންކޮޅު ހިމާޔަތް ކޮށްދިނުން. އެއީ އެއްކަންތައް. ހިމާޔަތްކޮށްދިނުމުގެ މާނައަކީ، އެތަނުން އެބަ ބޯޓުފަހަރު ދަތުރުކުރޭ، ކުޑަކުދިން އެރި އޮއްވާ މަސްހިފާ މީހުން ދަގަނޑާ އެ ހުރިހާ އެއްޗެއް ހިފައިގެން އެރޭ. ހިމާޔަތްކޮށްދީފިއްޔާ ވަރަށް ގިނަ، ކުޑަ ކުދިންނަށް ޚާއްސަކޮށް ބޮޑެތިމީހުންނަށްވެސް މޫދަށް އެރިލަން ފަސޭހައިން ލިބެނީ ހަމައެކަނި އެތަންކޮޅު. އެއީ އެއްކަންތައް. ދެވަނަ ކަމަކީ، އަޅުގަނޑުމެންނަކީވެސް ހަމަ މިތަން ހިންގާ ކުއްޔަށް ހިފައިގެން، ޚާއްސަކޮށް ދިވެހިންނަށް ލޯކަލްސްއިންނަށް ކިޔަވައިދޭ މަދަރުސާއެއް މީ އަސްލުގައި ދެއްތޯ؟ އެހެންވީމާ އަޅުގަނޑުމެންނަށް އެންމެ ބޮޑު ޗެލެންޖަކީ މިހާރު މިސާލަކަށް ހުޅުމާލޭގައިވެސް އެބަހުރި އެކަހަލަ މަސައްކަތްކުރަން ތަންތަން ވަކިން ޑެޑިކޭޓްކޮށްދީފައި. ކޮންމެވެސް އުސޫލެއްގެ ދަށުން މިކަހަލަ ޚިދުމަތްދޭ ބަޔަކަށްވެސް ފަސޭހަ ގޮތަކަށް ދިގު މުއްދަތަކަށް، މިސާލަކަށް ފަސޭހައިން މިކަހަލަ އޮޕަރޭޝަނެއް ހިންގޭނެ ހިސާބަކުން، ކޮންމެވެސް ގޮތަކަށް ބިންކޮޅެއް ދިގު މުއްދަތަކަށް ލިބޭނެ ކަހަލަ ގޮތެއް ހަމަޖެހިގެން ދިއުން. އެންމެނަށް ފެއަރކޮށް. ވަކި މީހަކަށް ނޫން.

 

ޖަވާބު:

އާދެ! ޒޫނާ ތިޔަ ކުރެއްވީ ހަމަ ވަރަށް ރަނގަޅު ސުވާލެއް. ވަރަށް މުހިންމު ސުވާލެއް. މި ސަރަޙައްދުގައި މޫދަށް އެރޭ މާގިނަ ސަރަޙައްދުތަކެއްނެތް. އެހެންވީމާ ވިލިމާލޭގައި ޒޫނާ ތިޔަ ވިދާޅުވިގޮތަށް އެ ސަރަޙައްދު ހިމާޔަތް ވެގެން ދިއުމަކީ މުހިންމު ކަމެއް. އިރާދަ ކުރެއްވިއްޔާ މި ސަރުކާރުން ޒޫނާގެ ތިޔަ ރިކުއެސްޓް، އަދި ވަރަށް ގިނަ މީހުންނަށް އޭގެ ބެނެފިޓް ފައިދާ ވާނެކަމެއްކަމުގައި ވާތީ އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއްވީމާ ހަމަ ޒޫނާ ތިޔަ ރިކުއެސްޓް ކުރި ގޮތަށް އެކަން ހަމަ އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. ދެން ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ދިވެހިންނަށް ޓްރެއިނިން ދިނުމާއި މިފަދަ ކަންކަމަށް ބޭނުންވާ ފުރުސަތުތައްވެސް އިރާދަކުރެއްވިއްޔާ ވިލިމާލޭގައި އަދި މާލެ ސަރަޙައްދުގައި އެކަމަށް ޖާގައޮތް މިންވަރަކުން އެހެން ދިމަދިމާގައިވެސް ހަމަޖައްސައިދޭނެ ވާހަކަ ހަމަ ދަންނަވަން.