ސުވާލު:

ސުވާލަކީ އަނެއް ރައީސް ވިދާޅުވެފައި އޮތީ އަނެއް މަސްވެރިން، މަސްވެރިން މި ނިސްބަތްވަނީ ކަންނެލި މަސްވެރިންނާއި ހުރިހާ މަސްވެރިންނަށް ދެއްތޯ؟ މަސްވެރިންނަށް 24 ގަޑިއިރު ތެރޭގައި ނޫނީ 48 ގަޑިއިރު ތެރޭގައި ރުފިޔާ ދޭނެކަމަށް ވަޢުދެއް ވެފައިވަނީ. ދެން އެޔަށް ބަލައިގެން އަހަރުމެން މިތިބީ. އެކަމަކު ދިމާވާ މައްސަލައަކީ އެއްވެސް ފެކްޓްރީ އަކަށް މަސް ކިރައިގެން، ސަރުކާރަށް މަސްކިރިޔަސް އެއްވެސް ފެކްޓްރީއަކަށް މަސް ކިރިޔަސް މައްސަލައަކީ ލާރި ނުލިބޭ މައްސަލަ. އަނެއް ފާހަގަ ކޮށްލެވެނީ ފެކްޓްރީ ތަކުންވެސް، އެމީހުން ބޭނުން ހުރިހާ ކަމެއް ކުރެވޭ. ބައިވަރު ޕްރޮޖެކްޓްތައް ވެސް ހިންގާ. އެކަމަކު އަހަރުމެންގެ ފައިސާކޮޅު ނުލިބެނީ. މިހާރު ދޭންޖެހޭ އެއެޗެއް. އެމީހުންގެ ވެސް ފައިދާއަށް އަހަރުމެންގެވެސް ފައިދާއަށް ކުރާ މަސައްކަތެއް. އެކަމަކު އަހަރުމެން މިތިބެނީ ދަތުރެއް ނިންމާފައި އައިސް ގާތްގަނޑަކަށް ހަފްތާ ދެހަފްތާވާއިރުވެސް ނުފުރިފަ. ހަމައެކަނި ތެޔޮ އަޅާނެހާ ލާރިކޮޅެއްވެސް ނުލިބިފައި. މިކަން ޙައްލުކޮށްދޭން ހަމަ ދަންނަވާލަން ބޭނުންވަނީ.


ޖަވާބު:

އާދެ! ޢަބްދުލް ޣަނީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް މުހިންމު ސުވާލެއް މަސްވެރިންގެ ފަރާތުން ތިޔަ ކުރެއްވެވީ. އެގޮތުގައި މަސްވެރިކަމުގެ ސިނާޢަތު އޮތީ ވަރަށް ބޮޑަށް އިނދަޖެހިފައި. އަޅުގަނޑުމެންނާ ސަރުކާރު ޙަވާލުވި އިރުގައި. ހަމަ ވަރަށް ވަރަށް ބޮޑަށް އޮތީ އަޅާނުލެވިފައި. މިފްކޯއިން ދޭންހުރި ފައިސާގެ އަދަދުވެސް 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި މަސްވެރިންނަށް ނުދީ. އަޅުގަނޑުމެން އައި ފަހުން މިހާރުވެސް ގާތްގަނޑަކަށް 200 ވަރަކަށް މިލިއަން ރުފިޔާ ދެފަހަރެއްގެ މަތިން މަސްވެރިންނަށް ދޫކޮށްފި. އެކަމަކު އެއީއެއް އެއްގޮތަކަށްވެސް އެކަށީގެންވާ އަދަދެއްނޫން. މިހާރުވެސް ހަމަ އިތުރަށް ދޭންހުރި ފައިސާ، މިހާރުވެސް ގާތްގަނޑަކަށް ހަމަ އިތުރަށް ދޭންޖެހިފައި ހުންނަ ފައިސާ އެބަހުރި ހަމަ މަސް ގަންނަމުންގެންދާ ވަރަކުން. އެހެންވީމާ 200 ވަރަކަށް 270 ވަރަކަށް މިލިއަން ރުފިޔާ މިހާރުވެސް އެބައޮތް އަނެއްކާވެސް ދޭން. އެހެންވީމާ އެފައިސާ ދިނުމުގެ މަސައްކަތް ހަމަ ވަރަށް ބާރަށް ކުރިއަށް ގެންދެވޭ. ދެން މިފްކޯއިން ލޯނެއް ނަގައިގެންވިޔަސް އެ ފައިސާ ވަރަށް އަވަހަށް ހަވާލުކުރަން އަޅުގަނޑުމެން މަސައްކަތްކުރަނީ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަޤީންކަން އެބައޮތް ވަރަށް އަވަހަށް ޙައްލުކޮށްދެވޭނެކަމަށް. ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޙަވާލުކުރުމުގެ މަސައްކަތް މިކުރަނީ. އަދި އެކަން ނިމުނީމާ ދެން ކުރިއަށް އޮތް ތަނުގައި އެގޮތަށް އަބަދު ފައިސާ ދައްކަންޖެހިފައި ބޮޑުއަދަދަކުން އޮންނަންޖެހޭ ގޮތަކަށް ނުވާނެ ގޮތަކަށް އިރާދަކުރެއްވިއްޔާ ބައްޓަންކުރާނަން. އަޅުގަނޑުމެންނަށް ހަމަ އެންމެ މުހިންމު އެއްކަމަކީ ހަމަ ތިޔަ ބޭފުޅުންނަށް މަސްވެރިންނަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖެއްސުން. އެކަން އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅަށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަމަ ޙައްލު ކޮށްދޭނަން.