އެޓަރނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މައްޗަންގޮޅީ ޑޯންޝައިން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ. އޭނާ މިމަގާމަށް ޢައްޔަން ކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު މިހާތަނަށް ހުންނެވީ، އެޓަރނީޖެނެރަލްގެ ނައިބުގެ މަގާމުގައެވެ.

މީގެއިތުރުން، އެޓަރނީޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށްވެސް ދެބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިދެމަގާމަށް ހަމަޖެއްސެވީ، ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ބޮޑުގޭ އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، ފާދިއްޕޮޅު ހިންނަވަރު ފަހަލަ އަލްއުސްތާޛު ޢަލީ ޝުޖާޢެވެ.