ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކުރައްވާނެއެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ އިސްލާމީ ޝަރީޢަތަށް ދެއްވާފައިވާ ޚާއްޞަ މަގާމުގެ މައްޗަށާއި، ކީރިތި ރަސޫލާގެ ޢީދުމީލާދުގެ ތާރީޚީ މުނާސަބަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.