މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ "އިސްލާމިކް ފެއަރ 2010" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މި ފެއަރގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ފެއަރ ބައްލަވާލެއްވިއެވެ.

މި ފެއަރ ކުރިއަށް ދާނީ މި ފެބްރުއަރީ މަހުގެ 13ން 15 އަށް އިސްލާމީ މަރުކަޒުގައެވެ.