ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އަލްއުސްތާޛު އަޙްމަދު ނަޝާޠު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

އަލްއުސްތާޛު އަޙްމަދު ނަޝާޠު ، މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާޞިލުކުރައްވާފައިވަނީ އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީންނެވެ. އަލްއުސްތާޛު އަޙްމަދު ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގައެވެ.