ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި ރާއްޖެއަށް ހުރި އިޤްތިޞާދީ ފުރުޞަތުތަކުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް އެޅުއްވެން ހުރި މުހިންމު ފިޔަވަޅުތަކާބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.

ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ރޭޑިޔޯ ޚިޠާބު ދެއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.