މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ނެރުއްވި 4 ގަވާއިދެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މި 4 ގަވާއިދަކީ "އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު" އާއި، "އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދު" އާއި، "އިސްތިސްނާ ކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދު" އާއި، "ޢާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދްމަތް ދިނުމުގެ ގަވާއިދު" އެވެ.

މީގެއިތުރުން، މަދަނީ ކޯޓުގެ އިބްތިދާއީ އަޑުއެހުމާބެހޭ ގަވާއިދުވެސް މިއަދުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ގަވާއިދަކީ މައްސަލައިގެ ޝަރީޢަތް ބޭއްވުމުގެ ކުރިން، މައްސަލައާ ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢްލޫމާތާއި، ޤާނޫނީ އަދި އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށްދޭ ގަވާއިދެވެ.