ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދު ކުރި، ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފިއެވެ. ޢީދު ނަމާދަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ މަރުކަޒުގައި އޮތް ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވި އާންމުންނާ ޢީދުގެ ސަލާމް ކުރައްވައި ޢީދު ތަޙްނިޔާ ބަދަލުކުރައްވާފައެވެ.

މި ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މާތްވެގެންވާ މައްކާއަށް ގޮސްތިބި ހައްޖުވެރިންނާ، ދިވެހި ލޮބުވެތިރައްޔިތުންނަށާ، އިސްލާމީ އުއްމަތުގެ އެންމެހައި މުސްލިމުންނަށް މި ޢީދުގެ ތަޙުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައެވެ.