[މޯލްޑިވްސް އެންޓަރޓެއިންމަންޓް ކަމްޕެނީ ލިމިޓެޑް“ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައި، އެބޯޑު އަލުން އެކުލަވާލައްވައިފިއެވެ. ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ހަމަޖެއްސެވީ، ގަލޮޅު ހިލްމަން މަރިޔަމް ވަޙީދާއެވެ. ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގަލޮޅު ބޮޑުގާދޮށުގޭ ޢަބްދުﷲ ޝަފީޤާއި، އައްޑުއަތޮޅު ހިތަދޫ ސަންސެޓްވިލާ މުޙަންމަދު ޢިމާދާއި، މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ބަގީޗާގޭ ޙަސަން ޒަރީރާއި، ހެންވޭރު ފޭދޫ އަޙްމަދު ޢާޞިފާއި، މާފަންނު ޕޯލްސްޓާރ އަޙްމަދު ފަހުދެވެ.