ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، މާފަންނު ދޫރެސް، ޢަބްދުﷲ ޖަމީލު، މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. 

އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ން ފެށިގެން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.