ބަރަކާތްތެރި ފިޠުރު ޢީދާ ގުޅިގެން އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފިއެވެ. ޢީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާ ޢީދު ސަލާން ކުރައްވާފައެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.