ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލެއްވުމަށާއި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރާއި، ރައްޔިތުންގެ ފަރާތުން ހިތްވަރު ދެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބަންގްލަދޭޝްގެ ޑާކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ޤައުމީ ޓީމަށް ހިތްވަރުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ޑާކާއަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް މުޙަންމަދު ޙުނައިފްވެސް ވަނީ މިއަދު ހެނދުނު މާލެ ވަޑައިގެންފައެވެ.